Content-Length: 108985 | pFad | https://dv.wikipedia.org/wiki/%DE%82%DE%A7%DE%9D%DE%B0%DE%95%DE%A6%DE%8C%DE%A9

ނާޝްޕަތީ - ވިކިޕީޑިއާ Jump to content

ނާޝްޕަތީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ދިވެހި ނަން : ނާޝްޕަތީ

އިގިރޭސި ނަން : ޕެއާ

ނާޝްޕަތީގެ ކޮންމެ 100 ގްރާމެއްގައި

ހަކަތަ 58 ކިލޯކެލަރީ

ފެޓް 0.12 ގްރާމް

ކާބޯހައިޑްރޭޓް 13.81 ގްރާމް

ޕްރޮޓީން 0.38 ގްރާމް

ފައިބަރު 3.10 ގްރާމް

ފޮލިކް އެސިޑް 7 މައިކްރޯ ގްރާމް

ނިއެސިން 0.157 މިލިގްރާމް

ޕެންތޮނިކް އެސިޑް 0.048 މިލިގްރާމް

ޕައިރިޑޮކްސިން 0.028 މިލިގްރާމް

ރައިބޯފްލެވިން 0.025 މިލިގްރާމް

ތިއެމިން 0.012 މިލިގްރާމް

ވިޓަމިން ސީ 4.2 މިލިގްރާމް

ވިޓަމިން އޭ 23 އައިޔޫ

ވިޓަމިން އީ 0.12 މިލިގްރާމް

ވިޓަމިން ކޭ 4.5 މައިކްރޯ ގްރާމް

ސޯޑިއަމް 1 މިލިގްރާމް

ޕޮޓޭސިއަމް 119 މިލިގްރާމް

ކެލްސިއަމް 9 މިލިގްރާމް

ކޮޕަރ 0.082 މައިކްރޯގްރާމް

ދަނގަޑު 1.60 މިލިގްރާމް

މެގްނީޒިއަމް 7 މިލިގްރާމް

ފޮސްފަރަސް 11 މިލިގްރާމް

ޒިންކް 0.10 މިލިގްރާމް

ކެރޮޓީން ބީޓާ 12 މައިކްރޯ ގްރާމް

ކްރިޕްޓޯޒެންތިން ބީ 2 މައިކްރޯ ގްރާމް

ލޫޓީން-ޒިއެޒެންތިން 45 މައިކްރޯ ގްރާމް

ނާޝްޕަތީ އަކީ ވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. ނާޝްޕަތީ ގައި ވިޓަމިން ސީ، ވިޓަމިން ކޭ ފަދަ ފަދަ އެންޓިއޮކްސިޑެންޓް ތަކާއި ޑައެޓްރީ ފައިބަރު، ކޮޕަ އަދި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ކަމުގައިވާ "ގުލޫޓެތިއޯން"ހުރެ އެވެ. މިބުނި މާއްދާތަކަކީ ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތަކާއި ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ހަރުވުން އަދި ސްޓްރޯކް ޖެހުމުން ހިމާޔަތްކޮށް، ދުރުކޮށްދޭ މާއްދާ ތަކެކެވެ. އަދި ފައިބަރުގެ ވައްތަރެއް ކަމުގައިވާ ޕެކްޓިން އަކީ ސަރުބީ ވިރުވައި ދަށްކޮށްދޭ އެއްޗަކަށް ވުމުން ހިތުގެ ބަލިތަކާއި ލޭހޮޅީގެ ބަލިތަކުން ދުރުކޮށްދެއެވެ. އާފަލަށްވުރެ ގިނައިން ޕެކްޓިން ނާޝްޕަތީ ގައި ހުރެއެވެ. ކޮޕަރ އަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިމާއްދާތަކުގެ ސަބަބުން އެކި ވައްތަރުގެ ކެންސަރުން ރައްކާތެރިވުމުގައި ވެސް ނާޝްޕަތީ ބޭނުންކުރުން އެހީއަކަށްވެ އެވެ.

ނާޝްޕަތީ އަކީ "ގްލައިސިމިކް އިންޑެކްސް" ދަށް މޭވާ އެކެވެ. ގްލައިސިމިކް އިންޑެކްސް ދަށް ކާނާ އަކީ ހަޖަމުވުން ލަސް، އަދި ހަށިގަނޑަށް ނެގުން ލަސް ބާވަތްތަކެކެވެ. މިހެންވުމުން އެފަދަ ކާނާ ކެއުމަށްފަހު ލޭގެ ހަކުރުގެ މިންވަރު އަދި އިންސިއުލިންގެ މިންވަރު މައްޗަށްދަނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން ހިތުގެ ލޭހޮޅިތަކުގެ ބަލިތަކާއި، ފަލަބަލި އަދި ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ބޮޑަށް އެދެވިގެންވަނީ ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތައް ބޭނުންކުރުމެވެ. މިއީ އެފަދަ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ނާޝްޕަތީގައި ހިމެނޭ ފައިބަރަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ނާސްޕަތީގައި ގިނަ އަދަދަކަށް "ސޯބިޓޯލް" ހުރުމާއި ފައިބަރު ގިނަވުމަކީ ބަނޑުހިކުން މެދުވެރިވެފައިވާ މީހުންނަށް ނަމޫނާ ކާއެއްޗަކަށް މިމޭވާ ވެގެންދާ ކަމެކެވެ.

ނާޝްޕަތީގައި "ބޯރޯން" މަތީ މިންވަރަކަށް ހުރެ އެވެ. ހަށިގަނޑުގައި ކެލްސިއަމް ހިފެހެއްޓުމަށް ބޯރޯން އެހީތެރިވެދެ އެވެ. ނަތީޖާއެއްގެ ގޮތުން، އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުން ރައްކާތެރިކޮށް ހިމާޔަތްކޮށްދެ އެވެ. ބޯރޯން އަކީ ކަށީގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމްގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ނާޝްޕަތީގައި ކޮޕަރ އަދި ވިޓަމިން ސީ ހިމެނުމަކީ ވެސް ކަށީގެ މަސައްކަތަށް ފުރިހަމަކަން ގެނެސްދޭނެ ކަމެކެވެ.









ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://dv.wikipedia.org/wiki/%DE%82%DE%A7%DE%9D%DE%B0%DE%95%DE%A6%DE%8C%DE%A9

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy